މި މައުލޫމާތުތައް ނަޝީދު ހާމަކުރެއްވީ އެމަނިކުފާނު ނުރަސްމީކޮށް ގެންގުޅުއްވާ ނުރަސްމީ އެކްސް އެކައުންޓެއްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ކޮންމެ އަހަރެއްގެ ނަސްރުގެ ދުވަހާ ގުޅުވައި ސިއްކަ އާއި އޭނާގެ އާއިލާ ބަދުނާމުކުރަމުން ގެންދިއުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި ސިއްކަގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައިނުގަނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ބޮޑު ސިއްކައަކީ ރައީސް ނަޝީދާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕާފުޅު ވެސްމެއެވެ. މިހާރު ސިއްކަ ދިރިއުޅެމުން ދަނީ ސްރީލަންކާގައެވެ.