ބޭހެއް ނުލިބިގެން މަރުތޭލާއެކު ބޭސްފިހާރައަށް: މުވައްޒަފަކު އެޑްމިޓް
ގުފްތަގް އަޖީރު
04 ނޮވެންބަރ 2024 - 12:51:08
ގއ. ގެމަނަފުށީ ބޭސްފިހާރައިން ބޭހެއް ނުލިބުމުން ހިތްހަމަނުޖެހިގެން މަރުތޭލާއެކު ބޭސްފިހާރައަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށާއި، އުމުރުން ދުވަސްވީ މީހަކު ބޭސްފިހާރައަށް ވަދެ އަޑުގަދަކޮށް ހަޅޭއްލަވަން ފެށުމުން، ކައުންޓަރުގައި އިން މުވައްޒަފު ބިރުގަތުމުގެ ސަބަބުން ހާލު ދެރަވެގެން ގެމަނަފުށީ ހެލްތު ސެންޓަރަށް ގެންދަން ޖެހުނު ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން އެ މީހާ ހިތްހަމަނުޖެހުނީ ބޭހެއް ލިބޭނެ ކަމަށް ބުނިތާ ގިނަ ދުވަސްތަކެއް ވީއިރުވެސް އެ ބޭސް ނުލިބުމުންނެވެ. އެހެންނަމަވެސް، އޭނާ މަރު ތޭލުން އެއްވެސް މީހަކަށް އަނިތާކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ ބިރުގެންނެވި މުވައްޒަފަށް ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް