ads
އަނީތާ ޑޮންގްރޭ
ހަފްތާއެއްގެ ތެރޭގައި 7000 މާސްކް ޑިސައިނަރު އަނިތާ އުފައްދަނީ
ކޮވިޑް-19 އާއި ގުޅިގެން ޑިޒައިނާ އަނީތާ ޑޮންގްރޭ 7000 މާސްކް ހަފްތާއެއްގެ ތެރޭގައި އުފެއްދުމަށް ނިންމައިފިއެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރި ފޭސް މާސްކް އަށް އައިއްސަވާ ޑިމާންޑް ވަނީ ބޮޑުވެފައެވެ. މިގޮތުން، ފޭސް މާސްކް ފަސޭހައިން ނުލިބޭނެ މީހުންނަށް ފޯރު ކޮށްދިނުމުގެ ގޮތުން ހައުސް އޮފް އަނީތާ އިން ވަނީ ފޭސް މާސްކް ޕްރޮޑިއުސް ކުރަން ފައްޓާފައެވެ. 

އިންޑިއާގެ ސަރުކާރުގެ އޮތޯރިޓީ ތަކުން ހުއްދަ ހޯދައިގެން ކުރިއަށް ގެންދާ މިކަމުގައި، ހަފްތާއެއްގެ ތެރޭ 7،000 ފޭސް މާސްކް އަނީތާގެ މަސައްކަތްތެރިން އުފައްދާނެ ކަމަށް އޭނާ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައެވެ. މިގޮތުން، މި މާސްކުތަށް އެންޖީއޯ އަށާއި، ވިލެޖު ހިސާބުގައި ދިރިއުޅޭ މީހުންނަށާއި އަދި ހޮސްޕިޓަލުތަކަށް ފޯރު ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މި ޕޯސްޓުގައި ބުނެފައި ވެއެވެ.

ހައުސް އޮފް އަނީތާއިން އުފަށްދާ މި މާސްކު ތަށް ހަދައިފާވާނީ، އެތަނުން އެހެންނޫނީ ލިބޭނެ ފޮތިން ކަމަށާއި، މާސްކުތަށް އަލުން އަނބުރާ ބޭނުން ކުރެވޭނެ ކަމަށް މި ކުންފުނީގެ ފެޝަން ޑިސައިނާ އަދި ޗީފް ކްރިއޭޓިވް އޮފިސާ ވަނީ ބުނެފައެވެ. އަދި މިކަން ނިންމާލާނެ ދުވަހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށާއި، މީހުން ބޭނުންވާހާ ހިނދު މާސްކު އުފައްދަމުންދާނެ ކަމަށް ހައުސް އޮފް އަނީތާއިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް