ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމްގެ ކުރީގެ ކޯޗުވަނީ ލީގުގައި އޭނާގެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި، ފަހު ވަގުތު ޖެހި ލަނޑާއެކު މޮޅުވުމުން، ދަނޑަށް އަރައި އުފާ ފާޅުކޮށްފައެވެ.
އެކަމަކު މެޗަށް ފަހު އޭނާވަނީ ރެފްރީންގެ ފެންވަރާ މެދު އިންތިހާއަށް ހިތްހަމަ ނުޖެހުން ފާޅުކޮށް، ރެފްރީންނަށް ފާޑު ކިޔާފައެވެ.
ތިން ލަނޑު ދެ ލަނޑުން މޮރީނިއޯގެ ޓީމު މޮޅުވި މި މެޗުގައި އިދިކޮޅު ޓީމަށް ދެ ޕެނަލްޓީ ދިނެވެ. ދެ ފަހަރުވެސް ޕެނަލްޓީ ދިނީ ވީޑިއޯވެސް ބެލުމަށް ފަހުއެވެ.
މެޗަށް ފަހު، ބްރޯޑްކާސްޓާ ބެއިން ސްޕޯޓްސްއާ ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ ރެފްރީ އޮގުޒާން ކާކިރާއި ވީއޭއާރުގެ އޮފިޝަލް އަޓިލާ ކަރައޮގްލާންއަށް ފާޑު ކިޔާފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކީ ރެފްރީ ކަމަށްވެސް އޭނާ ބުންޏެވެ.