މާލޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދިން ކޯޗު، ލަންކާގެ ގައުމީ ޓީމުގެ ވަގުތީ ކޯޗުކަމުގެ މަގާމުގައި ހުރީ ދެ މެޗަށެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިން ބުރުގެ ޕްލޭ އޮފް މެޗުތަކެވެ. އެ މެޗުތަކަށް ފަހު، ލަންކާ ފެޑެރޭޝަނުން މިހާރުވަނީ ހެޑް ކޯޗުކަމުގެ މަގާމް ރަސްމީކޮށް މުތައިރީއަށް ދީފައެވެ.
އޭއެފްސީ ޕްރޯ ލައިންސަންސް ކޯޗު، މުތައިރީ ވަނީ، ނޭޕާލް ފުރަތަމަ ފަހަރަށް ސާފްގެ ފައިނަލަށް ގެންގޮސްދީފައެވެ. އޭނާ ފަހުން އަފްގާނިސްތާނަށްވެސް ކޯޗުކޮށްދިނެވެ. މުތައިރީއަކީ ދެކުނު އޭޝިޔާ ސަރަހައްދަށް ފަރިތަ ކޯޗެކެވެ.