ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ސަރުކާރުގެ 14 ހަފުތާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ސްޕޯޓްސް މިނިސްޓްރީން އިއްޔެ ވަނީ މި ޕްރޮގްރާމުގެ ދަށުން "ލީޑިން ލީޑާސް" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފަ އެވެ. އެއީ ހަ ޒޯނަކަށް ބަހާލައިގެން ލީޑަރުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
ރައީސް އޮފީހުން ބުނީ މި ޕްރޮގްރާމަކީ މޮޅެތި އެތުލީޓުން އުފެއްދުމަށް ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންދާ ދިގު ރާސްތާގެ ޕްރޮގްރާމެއްގެ ބައެއް ކަމަށެވެ. އަދި މީހުން ބިނާކޮށް ތަމްރީނު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.