ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޑޮމެއިންތައް ދޫކޮށްފައި ވަނީ ކޮންބަޔަކަށް ކަންވެސް ރަނގަޅަށް ސާފު ނުވާކަމަށެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ޑޮމެއިން ދޫކުރުމުގެ ހަރުދަނާ އުސޫލެއް އެކުލާވާފައި މިހާރު ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންޕިއުޓަރުތަކަށް ކިިޔަން އެނގޭނެ ފަދަ ޑޮމެއިން ނަންބަރުތައް މިހާރު ތައާރަފް ކުރެވިފައިވާކަމަށް ވެސް މިނިސްޓަރި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް މިނިސްޓްރީން އަމަލުކުރަން ފެށި އުސޫލުގެ ދަށުން ޑޮމެއިން ދޫކޮށްފައިހުރި މީހުންނަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ރެކޯޑުގެ ތެރެއިން ޑޮމެއިން ގެ މައުލޫމާތު ބަލައިލެވޭނެކަމަށެވެ. އެގޮތަށް ކަންތައް ކުރީ ޑޮމެއިން އަކީ ވިޔަފާރި އުސޫލުން ވިއްކާލެވޭނެ އެއްޗަކަށް ވާއިރު، އެކަމަށް ރައްޔިތުންނަށް މަގުފަހިކޮށްދެންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން، ޑޮމެއިން ހިދުމަތުގައި ހުރި މައްސަލަތަކަށް ހައްލު ލިބިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މި މަހުތެރޭ ބުނެފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހުއްޓާލާފައިވާ މި ހިދުމަތް އަލުން ފެށުމަށް ޓަކައި، އެ މިނިސްޓްރީން ވަނީ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ މިދިޔަ މަހު ފަހުކޮޅު ފަށާފައެވެ. މިގޮތުން ރެކޯޑުތައް ބެލެހެއްޓުމާއި މޮނިޓާ ކުރުމުގެ އާ ނިޒާމެއް ތައާރަފުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.