ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި އިސްލާހުގައި، ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފުވެއްޖެ ނަމަ އެ މެންބަރަކު 75،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން އެ މެންބަރެއްގެ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް 60 މެންބަރުން ވޯޓު ދެއްވި އިރު ފަސް މެންބަރުން ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ.
މި އިސްލާހުގައި ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އުސޫލަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން މިހާރު ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ދިނުމުގެ ބަދަލުގައި ދައުލަތުގެ އަހަރީ ބަޖެޓުގެ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.