މި މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ މި ނޮވެމްބަރ މަހުގެ 4 އިން 5 އަށް މާލޭގަ އެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ގައުމީ ފެންވަރުގައި ކަންބޮޑުވާ ވަރުގެ ބޮޑެތި ހާދިސާތައް، މިސާލަކަށް ބޮޑު ކާރިސާއެއް ނުވަތަ ޓެރަރިޒަމްގެ ހާދިސާއެއްގެ ހާލަތުގައި ސަރުކާރުގެ އެކިއެކި ގުނަންތަކުގެ މެދުގައި އޮތް ގުޅުމާއި މުވާސަލާތު ކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް އަމާޒުކޮށް އެކިއެކި އެޖެންސީތަކުގެ މެދުގައި ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ބަދަހިކުރުމެވެ.
މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ 13 މިނިސްޓަރީއަކާއި އެޖެންސީއަކުން ބައިވެރިވިއިރު މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ކާމާބެހޭ އިނގިރޭސިވިލާތުގެ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.