ads
ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަނީ
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް އިފްތިތާހުކޮށްފިއެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގައި އިފްތިތާހްކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. 

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން މަޝްރޫއެއް އިފްތިތާހުކޮށް އެކަމުގެ އެއްބަސްވުމުގައި އިކޮނިމިކް މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ ސޮއިކޮށްފައެވެ. 

your imageހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ރައީސް ޑރ. މުިއއްޒު އިފްތިތާހުކޮށްދެއްވަނީ 


މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދުއެވެ. ބީއެމްއެމްއެލްގެ ފަރާތުން ސޮިއކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފްއެވެ. 

މިއަދު އިފްތިތާހު ކުރި މި މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ. މި މަޝްރޫއެގެ ދަށުން އޭޓީއެމްތައް ބެހެއްޓުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމ ފިޔަވަހީގައި 17 ރަށެއްހައި އޭޓީއެމް ބަހްއޓާއިރު މި މަސައްކަތް އަންނަ އަހަރގެ މާރިޗު 17 އަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. 

ފުރަތަމަ ފިޔަވަހީގައި އޭޓީއެމް ބަހައްޓާ ރަށްތައް 

  • ހއ. އުތީމް
  • ހދ. ނޮޅިވަރަންފަރު

  • ރ. އިންމާދޫ

  • ބ. ކިހާދޫ

  • ދ. ހުޅުދެލި

  • ލ. މާބަައިދޫ

  • ހއ. މުރައިދޫ

  • ށ. ކަނޑިތީމް

  • ބ. ގޮއިދޫ

  • ބ. ކެންދޫ

  • ތ. ގާދިއްފުށި

  • ގއ. ކަނޑުހުޅުދޫ

  • ހދ. ނޮޅިވަރަމް

  • ށ. މަރޮށި

  • ބ. ފުޅަދޫ

  • އދ. މަންދޫ

  • ލ. ކަލައިދޫ

މި މަޝްރޫއު ނިމޭއިރު ޖުމްލަ 250 އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެކަަށް ބީއެމްއެލުން ބުނެއެވެ. އަދި މިހާރުވެސް މީހުން ދިރިއުޅޭ 90 ރަށެގައި އޭޓީއެމްގެ ހިދުމަތް ލިބެން ހުންނާނެކަށާއި މިހާރު ހުރި އޭޓީއެމްތައް އަހަރަކު 15 މިލިއަން ފަހަރު ރައްޔިތުން ބޭނުންކުރާކަމަށްވެސް އެ ބޭންކުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް