ފުކުހުން ބުނީ މި މީހުން ހައްޔަރުކުރީ ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިކަމަށެވެ.
އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަންނަށް ފުލުހުން ވަނީ މިމަހުގެ 5 ވަނަދުވަހުކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ
މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.