ފުލުހުން ބުނީ މި މަހުގެ ފަސްވަނަ ދުވަހު ހެނދުނު 8:48 ހާއިރު އަމީރު އަހްމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮށްފައި ހުރި ސައިކަލެއް ގައި ބަހައްޓާފައިވާ ދަބަހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ދަބަސް އޮތީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނީ އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް އޭގައި ހުރި ތަކެއްޗާއެކު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ބުންޏެވެ.
ކުއްޖާގެ ބެލެނިވެރިޔާ ބުނީ އެ ދަބަސް ވަގަށް ނެގީ ފިހާރައަކަށް އެއްޗެއް ގަންނަން ވަތް ވަގުތު ކަމަށެވެ.