އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެޗް9 ޓަވަރުގެ އެޕާޓްމަންޓެއްގެ ތެރޭގަ އެވެ. ރަހީނުކުރި މީހާ ސަލާމަތްކޮށް، އެތަނުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ ފްލެޓުގައި ތިބި 12 މީހަކު އެ މައްސަލައާ ގުޅިގެން ހިފަހައްޓައި، ހައްޔަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަން އެނގިފައިވެ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ހާދިސާއެއް ރިޕޯޓުކޮށްގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމަކު ތަފްސީލު އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.