 
                                                                                                
                    އާބަން ސެންޓަރުތަކުގެ ގޮތުގައި ހަތް ރަށެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.
އާބަން ސެންޓަރުތައް ގާއިމުކުރާ ރަށްތައް
ރާއްޖޭގައި ހަތް އާބަން ސެންޓަރު ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މީގެއިތުރުން އުތުރާއި ދެކުނުގައި ޑިވެލޮޕްމަންޓް ޒޯނެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
އާބަން ސެެންޓަރުތައް ގާއިމުކުރުމާ ބިލެއް ސަރުކާރުގެ ފަރާތުން ވަނީ މަޖިލިހަށް ހުށައަޅާފައެވެ. އެ ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެ ބިލު ދިރާސާ ކުރަމުން އަންނަނީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ.
މި ބިލާއި މެދު އިދިކޮޅު އެމްޑިޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން ބުނަމުން އަންނަނީ މި ބިލް ފާސްވުމުން ލާމަރުކަޒީ ބިލުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ގެއްލި ކުރީގެ އޮތް ކަތީބުންގެ ނިޒާމަށް ކަންކަން ބަދަލުވެގެންދާނެކަމަށެވެ.