ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމްގެ ކުރީގެ ކޯޗުވަނީ ލީގުގައި ރެފްރީންގެ ފެންވަރާ މެދު އިންތިހާއަށް ހިތްހަމަ ނުޖެހުން ފާޅުކޮށް، ރެފްރީންނަށް ފާޑު ކިޔާފައެވެ.
މޮރީނިއޯ ވަނީ ރެފްރީ އޮގުޒާން ކާކިރާއި ވީއޭއާރުގެ އޮފިޝަލް އަޓިލާ ކަރައޮގްލާންއަށް ފާޑު ކިޔާފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކީ ރެފްރީ ކަމަށްވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑް ކޮށް، 15،000 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ.
ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ވަނީ، މޮރީނިއޯގެ ބަސްމަގު ހުރީ ކުޅިވަރުގެ ރޫހާ ހިލާފަށް ކަމަށާއި އޭއީ ގައުމުގެ ކުޅިވަރުގެ އަގު ވެއްޓޭފަދަ ވާހަކަތަކެއް ކަމަށެވެ.