ads
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
ފަތުރުވެރިންނަށް 10 ފޮށި ސިނގިރޭޓް ގެނެވޭގޮތަށް އުސޫލް އިސްލާހުކޮށްފި
ރާއްޖެ އަންނަ ފަތުރުވެރިންނަށް 19 ސިނގިރޭޓުގެ ފޮއްޓެއް ގެނެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް ފަތުރުވެރިންނަށް ޑިއުޓީ ނުދައްކާ ސިނގިރޭޓް އެތެރެކުރެވޭ މިންވަރު އިތުރުކޮށްފިއެވެ.
Advertisement

ދުންފަތުގެ ބާވަތަތައް، ދުންފަތު ސިނގިރޭޓު އަދި ވޭޕް އެތެރެ ކުރަން ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެކުރުމަށް ދީފައިވާ ލުއިތައް މިމަހުގެ 5 ވަނަ ދުވަހު ވަނީ ހުއްޓާލާފައެވެ. އޭރު އާއްމުކުރި އުސޫލުގައި އޮތް ގޮތުން ފަތުރުވެރިއަކަށް ރާއްޖެ އަންނަ އިރު އެންމެ ގިނަވަގެން ގެނެވޭނީ 19 ސިނގިރޭޓް ހިމެނޭ ފޮއްޓެވެ. އެއަށް ވުރެ އިތުރަށް ގެންނަ ތަކެތި އެތެރެކުރެވޭނީ ޑިއުޓީ ދައްކައިގެންނެވެ. 

އެ އުސޫލަށް ބަދަލު ގެނެސް އަލުން އެކުލަވާލި އުސޫލްގައިވާ މިހާރު އޮތް ގޮތުން ޓޫރިސްޓު ވިސާގައި އަންނަ ކޮންމެ މީހަކަށް 200 ސިނގިރޭޓު ނުވަތަ 10 ފޮށި ސިނގިރޭޓް ގެނެވޭނެއެވެ. 

އުސޫލްގައިވާ ގޮތުން 200 ސިނގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމުގެ ދުންފަތް އެތެރެކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެއަށްވުރެ އިތުރުވާނަމަ ކަސްޓަމްސްއިން އެތަކެތި ހިފަހައްޓާނެއެވެ. އަދި އެތަކެތި ހަވާލުކުރާނީ އެމީހުން ފުރާއިރުކަމަށްވެސް އުސޫލްގައިވެއެވެ. 

ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ދެގުނައަށް ބޮޑުކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހަށް މިމަހުގެ 1 ވަނަދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. މި ބަދަލާއިއެކު ސިނގިރޭޓަކުން އަދި ބިޑިއަކުން އަށް ރުފިޔާގެ ޑިއުޓީއެއް ނެގޭނެއެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެހެނިހެން އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސަންޓަށް އަދި މިލިލީޓަރަކަށް އަށް ރުފިޔާ ނަގާނެއެވެ.

ނޮވެމްބަރު 15 އިން ފެށިގެން ވޭޕާއި އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ ތާރީހުގެ ކުރިން އެތެރެކުރާ މިފަދަ އުފެއްދުންތަކުން ވެސް އިތުރުކުރެވޭ ޑިއުޓީ ނެގޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް