ރޭ ރިއާލް މެޑްރިޑް، އޮސަސޫނާ އަތުން މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި، ރެއާލްގެ ވިނީޝިއުސް ހެޓްރިކެއް ހެދިއެވެ. އަނެއް ލަނޑު ޖެހީ ޖޫޑް ބެލިންގްހަމްއެވެ. މިއީ، އިނގިރޭސި މިޑްފީލްޑަރު، ބެލިންހަމް މި ސީޒަނުގައި ރެއާލަށް ކުޅެދިން 13 މެޗުން ޖެހި ފުރަތަމަ ގޯލެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 12 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް 12 މެޗުން ވަނީ 27 ޕޮއިންޓް ލިބިފަ އެވެ.