ސިޓީ އަނެއްކާވެސް ބަލިވެއްޖެ
ސްޕޯޓްސް ޓީމް
10 ނޮވެންބަރ 2024 - 09:09:46
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ، ބްރައިޓަން އަތުން ބަލިވެއްޖެއެވެ.
ރޭ ބްރައިޓަން އަތުން ސިޓީ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. މިއީ، 2006 ވަނަ އަހަރުގެ ފަހުން، ސިޓީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން، މިއީ ޕެޕް ގާޑިއޯލާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް މި ފަދަ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހުނު ފަހަރެވެ. ސިޓީ ޖެހިޖެހިގެން ބަލިވި ހަތަރު މެޗަކީ ލީގުގައި ދެ މެޗާއި ޗެމްޕިއަންސް ލީގު މެޗަކާއި ލީގު ކަޕް މެޗެކެވެ.
ބްރައިޓަން ދަނޑުގައި ސިޓީން ރޭ ބަލިވީ ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށް، ބްރައިޓަންއިން ފަހުން ޖެހި ދެ ލަނޑާއެކުވެ. ސިޓީ އޮތީ ޓޭބަލްގެ ދެ ވަނައިގައެވެ. ދެވަނައިގަ އޮތް ސިޓީ އަށް 11 މެޗުން ވަނީ 23 ޕޮއިންޓް ލިބިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް