އެމްއެންޑީއެފުން ބުނެފައިވަނި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 05:45 ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ ޓީމް އެތަނުގައި ހަރަކާތްތެރި ވަމުން އަންނަކަމަށް މައުލޫމާތު ދީފައިވެއެވެ.
މި އަލިފާނުގެ ހާދިސާގައި ޖުމުލަ ފަސް ލޯންޗެއްގައި ރޯވެފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ ޕޮލިސް ލޯންޗް، އަތޮޅު ކައުންސިލް ލޯންޗް، ސީ އެމްބިއުލަންސް، އެޗް.އެމް.އެޗް.އައި. ޓްރެވަލް 1، އެޗް.އެމް.އެޗް.އައި. ޓްރެވަލް 2 އަދި ދެ ޑިންގީ އެވެ.
އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު އެމްއެންޑީއެފުން ބުނެފައިވަނީ މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއްވިކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށެވެ.