މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓް ކުންފުންޏާ އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވާހަކަ ދައްކަވަމުންނެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކެޕިޓަލް އޭޝިއާ ކުންފުނިން ކުރާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޕޯޓެއް އެޅުމާއި، ބޯޓު މަރާމާތު ކުރުމުގެ ހިދުމަތާއި، ބަންކަރިން ހިދުމަތާއި، ކްރޫޒް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި އާއި އެކްސްޕޯޓް ޕްރޮސެސިން ޒޯނެއް ތަރައްގީ ކުރުން ހިމެނެ އެވެ.
މަޝްރޫއާ ގުޅޭ ބައެއް މިހިންމު މައުލޫމާތު: