 
                                                                                                
                    ފުލުހުން ބުނީ ފުވައްމުލަކުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުވައްމުލަކު ކައުންސިލުން ބުނި ގޮތުގައި އެ ކުއްޖާ ދިރިއުޅެނީ އެއިން ފްލެޓެއްގަ އެވެ. ގެއްލުނީ ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ.
ގެއްލިގެން ހޯދަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި އުމުރުން އެންމެ ހަތަރު އަހަރުގެ އިޒްޔާން ހުޝާމް މުހައްމަދު އެވެ.
އިޒްޔާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލައް ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.