 
                                                                                                
                    ކުޑަކުއްޖާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދި، އެ ކުއްޖާގެ އާއިލާއިން މިއަދު އިރުއޮއްސުނު އިރު ވަނީ ފޭސްބުކްގައި ޕޯސްޓެއް އާއްމުކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ކުއްޖާ ގެއްލުނީ ދިގުވާޑު އަވަށު ފްލެޓްތައް ކައިރިންނެވެ.
ފުވައްމުލަކު ކައުންސިލުން ބުނި ގޮތުގައި އެ ކުއްޖާ ދިރިއުޅެނީ އެއިން ފްލެޓެއްގަ އެވެ. ގެއްލުނީ ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ.
ނަމަވެސް، އޭނާ ހޯދަމުން ދަނިކޮށް ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.