ކެރަމް ވޯލްޑް ކަޕް އޮންނާނީ ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައެވެ. ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި 12 ކުޅުންތެރިން ހިމެނެ އެވެ. އެއީ ފިރިހެން ޓީމުގެ ހަތަރު މެމްބަރުންނާއި އަންހެން ޓީމުގެ ހަތަރު މެމްބަރުންގެ އިތުރުން ސްވިސް ލީގުގައި ވާދަކުރާ ހަތަރު ކުޅުންތެރިންނެވެ.
ފިރިހެން ޓީމުގެ ހަތަރު ކުޅުންތެރިންނަކީ އިސްމާއިލް އަޒްމީން، ހަސަން ނާޒިމް، މުހައްމަދު މުންތަސިރު އަދި އިބްރާހީމް ހުޖާން އަލީ އެވެ.
އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާމިނަތު ނަހުފާ، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އަދި އާމިނަތު ވިދާދެވެ. ސްވިސް ލީގުގައި ވާދަކުރާ ކުޅުންތެރިންނަކީ އާމިނަތު ޝުބާ އާދަމް، ޚާތިމް ޚަލީލް، ޔަމާން އަބްދުލް ޖަލީލް އަދި އިބްރާހިމް ލިފާއު އާމިރެވެ.