
ކުރިން އެފްއޭއެމްގައި މަސައްކަތް ކުރި ނާހިލްއަކީ، ވިލާ ކޮލެޖާ ގުޅިފައިވާ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ހާސިލްކޮށްގެން ހުރި ޒުވާނެކެވެ. ނާހިލް ވަނީ އޭއެފްސީން ބޭއްވި ފުޓްބޯޅަ މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ޕްރޮގްރާމެއް ވެސް ފުރިހަމަ ކޮށްފަ އެވެ.
އުމުރުން 24 އަހަރުގެ ނާހިލް ވެގެންދާނީ އެފްއޭއެމްގެ އިދާރީ އެންމެ އިސް މަގާމާ ހަވާލުވާ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީ އަށެވެ. އެފްއޭއެމްގެ މަސައްކަތަށް އޭނާ ރަސްމީކޮށް ނުކުންނާނީ އަންނަ ހަފުތާގަ އެވެ.
އެފްއޭއެމްގެ ޖީއެސްގެ މަގާމު އެންމެ ފަހުން އަދާކުރީ މުހައްމަދު ޖައުޝަން ޝަރީފެވެ. ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެ، މިދިޔަ ތިން މަސް ދުވަހު އެކްޓިން ޖީއެސްގެ ގޮރުގައި އޭނާ މަސައްކަތް ކުރީ އެއް ވެސް އުޖޫރައަކާ ނުލާ ކަމަށް، މީގެ ކުރިން ޒުހޫރު ވިދާޅުވެފައިވެ އެވެ.