މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މި މައްސަލައަކީ ކުރީގެ ސަރުކާރުގައި ވެސް އޮތް މައްސަލައެއް ކަމަށާއި އޭރު އެކަމަށް ގޮތެއް ނުނިންމައި މިހާރު އެ ވާހަކަ ދައްކަނީ ސަރުކާރުގެ އަގު ވައްޓާލުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ މި ބިލުގެ ނިޔަތް ސާފު ނޫން ކަމަށެވެ. އަދި މި ބިލާ އެކު ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަންނަން ޖެހޭ ކަމަށާއި މާލީ ގޮތުން ދަތި ހާލަތެއްގައި މިފަދަ ފިޔަވަޅެއް އެޅުމާމެދު ވިސްނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންނަމަވެސް މި ބިލުގައިވާ ގޮތަށް އިޒްރޭލް ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ މި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.