މި ބަދަލު ގެންނަން ނިންމީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
މިހާރު އޮތް ސްކީމުގައި ލިމިޓެއް ނެތުމާއެކު، ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްތައް ވެސް ހިމެނެ އެވެ. އާ ނިޒާމުގެ ދަށުން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ހަރަދު ކުރަންޖެހޭ މިންވަރު ކޮންޓްރޯލް ކުރެވޭނެ އެވެ.
މި ބަދަލާއެކު ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ވެސް ސިއްހީ ފަރުވާ ލިބޭނެ ކަމަށެވެ. އޮޑިޓް އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ބަޖެޓުގައި ކަނޑައެޅި މިންވަރަށް ވުރެ 35 ޕަސެންޓު އިތުރަށް ވަނީ ހޭދަކޮށްފަ އެވެ.