ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ސްޕޮންސާ ކުރެއްވި މި ބިލު މަޖިލީހުން ފާސްކުރީ 54 މެންބަރުންގެ ވޯޓާއެކު އެވެ. އަށް މެންބަރަކު އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވެ އެވެ.
މިއަދު ފާސްކުރި ބިލާ އެކު ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ މީހެއް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ކުރާނެ އެވެ.
ވޭޕު މަނާކުރުމަށްފަހު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް މި ބިލު ތަސްދީގުކުރުމާ އެކު އަންނާނެ އެވެ.
މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެންނެވެ. އަދި އެ ތަކެތި ބޭނުން ކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ވާނެ ކަމަށް ބިލުގައި ވެ އެވެ.
މީގެ އިތުރުން ބިލުގައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ މަތީ އުމުރަކީ 21 އަހަރު ކަމުގައި ކަނޑައަޅަން ވެސް ހިމަނައިފަ އެވެ.