މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލޭ، ދަފްތަރު ރސ 9022 އުމުރުން 37 އަހަރުގެ ތޮލާލް މޫސާއެވެ.
ފުލުހުން ބުނީ މި މީނާ މީހަކު ކާރެއްގެ ތެރޭގައި ރަހީނުކުރީ ހުޅުމާލޭގައި ރޭގައިކަމަށެވެެ. އަދި އެ މީހާއަށް އަނިޔާކޮށް އޭނާގެ އާއިލާއަށް ގުޅާ ފައިސާއަށް ޑިމާންޑުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް މާލޭގައ މީހުން ރަހީނުކުރުން ވަނީ އިތުރުވެފައެވެ. މިދިޔަ ހުކުރު ވިލޭރޭވެސް މީހަކު ރަހީނުކޮށް އެމީހާގެ ބޯބާލައި އިނގިއްޔެއް ބުރިކޮށްލަން ތައްޔާރުވެފައިވަނިކޮށް ފުލުހުން ވަނީ އެމީހާ ސަލާމަތްކޮށްފައެވެ. ހިޔާ ޓަވަރު އެޕާޓްމަންޓެއްގައި އެމީހާ ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.