އެގޮތަށް ކަނޑައަޅަން ނިންމާ މަޖިލިހަށް ހުށައަޅާފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުތެ ބަޖެޓްގައެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލިހަށް ހުށައެޅި ބަޖެޓްގައިވަނީ 65 އަހަރުން މަތީ އެންމެންނަށް ދައުުލަތުން ދޭ ބޭސިކް ޕެންޝަން އިނާޔާތް، އަންނަ އަހަރުގެ އޭޕްރިލް އިން ފެށިގެން ފޯރުންތެރިކަމަށް ބަލައި ދޭނީ އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް އެކަނިކަމަށެވެ.
ބަޖެޓް ފޮތުގައިވާ ގޮތުން މި ބަދަލު ގެންނަނީ ދައުލަތުން ދޭ ޕެންޝަންތައް ދެމެހެއްޓެނެވި ގޮތެއްގައި ދިނުމަށްކަމަށެވެ.
އަންނަ އަހަރަށް ގެންނަ ބަދަލުތަކުގެ ތެރެއިން އާސަންދަ ދޭ އުސޫލަށްވެސް ވަނީ ބަދަލު ގެންނަން ނިންމާފައެވެ. އެގޮތުން އެންމެ މުއްސަނދިން އަންނަ އަހަރުން ފެށިގެން ވަކި އަދަދެއް އާސަންދަ ނިޒާމަށް ދައްކަންޖެހޭ ޖެހޭ ގޮތަށް ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.