ހެލްތު މިނިސްޓްރީން ބުނީ ދުންފަތުގެ ބާވަތްތައް އެތެރެކުރާ އަދި ބޭރުކުރާ ހުރިހާ ފަރާތްތަކުން މި ލައިސަންސް ނަގަން ޖެހޭނެ ކަމަށެވެ. އަދި ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކާ ފަރާތްތަކުންވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ދޫކުރާ ލައިސަންސް ހޯދަން ޖެހޭނެ ކަމަށެވެ.
މި ލައިސަންސް ދޫކުރުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅާ ގަވާއިދެއް ހަދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެ ގަވާއިދު ހަދަން ޖެހޭނީ ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައެވެ.
މި އިސްލާހާ އެކު، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވަނީ 21 އަހަރަށް މަތިކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށް، އެކަމަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅައިފަ އެވެ.