ރިވައިވަލް ސްޕޯޓްސް ކްލަބުން ފުރީ ޒަމްބިއާ އާއި ބޮޓްސްވާނާގައި އޮންނަ މުބާރާތްތަކަކަށެވެ. މި މަހު 14-17 އަށް ބާއްވާ ޒަމްބިއާ އިންޓަނޭޝަނަލް މުބާރާތާއި މި މަހު 21-14 އަށް ބާއްވާ ބޮޓްސްވާނާ އިންޓަނޭޝަނަލްގައި ކުޅޭނީ ރިވައިވަލް ސްޕޯޓްސްގެ ނިބާލް އަހުމަދު އާއި ޒަޔާން ޒަކީ އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އެވެ.
މުބާރާތްތަކުގައި ވާދަކުރަން ހަމަޖެހިފައިވަނީ، ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތަކުގަ އެވެ.
ރިވައިވަލް އިން އެންމެ ފަހުން، މިދިޔަ މަހު ވާދަކުރި ޔޫގާންޑާ މުބާރާތަށް ރިވައިވަލްއާ ގުޅުނު ނަބީހާ އާއި ނަބާހާ ވަނީ އެ މުބާރާތުގެ އަންހެން ޑަބަލްސް އިން ލޯ މެޑަލް ހޯދައިފަ އެވެ.