ޔޮނެކްސް ޕޮލިޝް އިންޓަބޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގައި ލައިބާގެ ޕެއާ އަށް ބްރޯންޒް މެޑަލް ލިބުނީ 13 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިވެންޓުންނެވެ.
ލައިބާ އާއެކު މިކްސްޑް ޑަބަލްސްގައި ވާދަކޮށްފައި ވަނީ ލިތުއޭނިއާގެ ޖޫލިއަސް ސާގެލާ އެވެ. މި ޕެއާ ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ސެމީ އިން ބަލިވީ ޕޮލެންޑްގެ ޓާސްކީ އާއި ކްލައުޑިއާގެ ޕެއާ އަތުން 11-21، 7-21 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ކިޔާން އާދިލް މުހައްމަދު ވަނީ 15 އަހަރުން ދަށުގެ އުމުރުފުރާގައި ކުޅެފައެވެ.