އަހަރެއް ފަހުން ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝްގެ ކިންގްސް އެރީނާގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން ފަހެއް ޖަހާއިރުއެވެ. ދެވަނަ މެޗު ކުޅޭނީ ހޮނިހިރު ދުވަހުއެވެ.
މިއަދުގެ މެޗާ ގުޅޭ ގޮތުން، ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދިވެހި ޓީމުގެ ކެޕްޓަން ސަމުއްޓެ ބުނީ، ގައުމީ ފުޓްބޯޅަ ޓީމަށް އަހަރެއް ފަހުން ކުޅެލަން ލިބުނު ބައިނަލްއަގުވާމީ މެޗުތަކުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭއިރު، މި މެޗުތައް ކުޅެން ލިބުނު ފުރުސަތުގެ ބޭނުންހިފަން ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގަ އެވެ.