މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލެއް ކަމަށާއި، މި ބިލާ މެދު ޕީއެންސީން ގޮތެއް ނިންމާނީ ޕާލަމެންޓަރީ ގްރޫޕްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ފަލާހު ވިދާޅުވި އެވެ.
މި ބިލުގައި ހިމެނޭ ބައެއް މާއްދާތަކާ މެދު ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށާއި، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ މާއްދާތަކެއް ހުރި ކަމަށް ވެސް ފާހަގަކުރެވިފައިވެ އެވެ.
މި ބިލުގެ ދަށުން އުފެދޭ އާ ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރުން އައްޔަންކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ތިން މެންބަރުން އައްޔަންކުރާނީ މީޑިއާތަކުންނެވެ.
ބިލާ ގުޅޭ ބައެއް މުހިންމު މައުލޫމާތު: