ads
އޮލިންޕަސް--
އޮލިމްޕިއަންސް ބާއްވަން ސިނަމާ އަތުލީ ފައިސާދައްކާފައި އޮއްވާ : އައި ފިލްމުސް
މި ހަފްތާގައި ބަންދުގައި އޮލިމްޕިއަންސްގެ ޝޯތަކެއް ބާއްވަންކަމަށް ބުނެ އޮލިމްޕަސް ސިނަމާ އަތުލާފައިވަނީ މާކުރިން ބުކްކޮށް ތަނަށް ފައިސާ ދައްކާފައިވަނިކޮށްްކަމަށް އައި ފިލްމްސް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

މި ސަރުކާރަށް އަހަރު ފުރޭ ދުވަހާއި ދިމާކޮށް "އޮލިމްޕިއަންސް ވިތް ޔޫތް- ލައިވް އިން ކޮންސާޓް" ނަމުގައި އެންސީއޭއިން ޝޯތަކަށް ބާއްވަން ނިންމާ މިހާރު ވަނީ ޓިކެޓް ވިއްކަންވެސް ފަށާފައެވެ. މި ޝޯތައް ބޭއްވުމަށް ނިންމާފައި އިތީ 17 ވަނަދުވަހުގެ ރެއިން ފެށިގެން 19 ވަަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ "ދޭދަރު ރުއިން" އޮލިމްޕަހުގައި މިމަހުގެ 20 ވަނަދުވަހު ޕްރިމިއާކުރަން ނިންމާ އިސްތިހާރުކުރަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. 

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ނެރުނު ބަޔާނެެއްގައި ވަނީ އޮލިމްޕިއަންސް ބާއްވަން އޮލިމްޕަސް ސިނަމާ އަތުލުން އެކަމާއި ކަންބޮޑުވުން ފަޅުކޮށްފައެވެ. އެ  ބަޔާނުގައި ބުނީ "ދޭދަރު ރުއިން" ދެއްކުމަށް އޮލިމްޕަސް ބުކްކުރީ މީގެ އަހަރެއްހާ ދުވަސްކުރިން ކަމަށެވެ. އަދި ތަނަށް ދައްކަންޖެހޭ ފައިސާވެސް މީގެ ހަތަރު މަސްކުރިުން ދައްކާފައިވާކަމަށްވެސް އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ނެރުނު ބަޔާނެެއްގައިވެއެވެ. 

އެހެންނަމަވެސް ފިލްމު ޕްރިމިއާކުރަން ނިންމާފައިވާ މިމަހުގެ 20 ވަނަދުވަހުގެ ރޭ އޮލިމްޕަސް ސިނަމާ ހޯލް ނުލިބޭނެކަަން އެންސީއޭއިން އަންގާފައިވަނީ ބަންދު ދުވަހެއްގައި އީމެއިލްއަކުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ. 

" މިނިސްޓަރު އިބްރާހިމް ވަހީދަށް ގުޅުމުން ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރަށް ގުޅަން. މިނިސްޓަރު ދެއްވި އިރުޝާދާއި އެއްގޮތަށް ގުޅުން އެކަކުވެސް ފޯނެއް ނުނެގި އަދި ޒިންމާވާނެ މީހަކުވެސް ނެތް" އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ނެރުނު ބަޔާނެެއްގައިވެއެވެ.

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ބުނީ އެންސީއޭ ގެ މި ނިންމުމަކީ ދިވެހި ފިލްމީ އިންޑަސްޓްރީއާއި މެދު ކުރި ބޮޑު ބޭއިންސާފު އަމަލެއްކަމަށެވެ. އަދި އޮލިމްޕަސް އަތުލި އިރު ފިލްމު އިސްތިހާރުކުރަން ބޭނުންވާ ބެނާތަކާއި ޕޯސްޓަރުތަކާއި ޓިކެޓްވެސް 20 ވަނަދުވަހުގެ ތާރީހުގައި ޖަހާގައިގެން  ހަދާ ނިންމާފައިވާކަމަށްވެސް އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ބުނެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް