އެމްޖޭއޭ އިން ބުނީ މި ބިލުގެ ސަބަބުން ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތައް އެޅިގެންދާނެ ކަމަށެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިގެން އައްޔަންކުރާ މެންބަރުންނަށް ވާތީ، މީޑިއާ ރެގިއުލޭޓްކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ، މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަން ގެއްލިގެންދާނެ ކަމަށް އެމްޖޭއޭ އިން ބުނެއެވެ.
އެމްޖޭއޭ އިން ބުނީ މީޑިއާ ރެގިއުލޭޓްކުރުމުގެ އިހްތިޔާރު އޮންނަންވާނީ މީޑިއާތަކަށް އަމިއްލައަށް އެކަން ކުރާ ގޮތަށް ނުވަތަ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްއަކަށް ބުރަވާ ގޮތަށް ކަމަށެވެ. އަދި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒު ވަތް ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވާ ކަމަށް އެމްޖޭއޭ އިން ފާހަގަކޮށްފައިވެއެވެ.
އެމްޖޭއޭއިން ނެރުނު ބަޔާނުން ފާހަގަކޮށްލެވޭ ބައެއް ވާހަކަތައް: