މިދިޔަ ހަފްތާގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އަންނަ މި ހަފްތާގައި އާއްމުކުރާނެކަަމަށެވެ.
ހިޔާވަހި ފައިނޭންސިން ސްކީމްގައި ބައިވެރިވުމަށް ދިމަވާ ދަތިތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ ފްލެޓް ލިސްޓް އިއުލާން ކުރަން ނިންމާފައި އޮތީ މި ހަފްތާގެ ނިލަޔަށްކަމަށެވެ. އެހެންނަމަވެސް މިނިސްތަރުގެ ވާހަކައިން މިއަދު ލިސްޓް ނުނެރޭނެކަން ހާމަވެއެވެ.
ލިސްޓް ނެރޭނެ ދުވަހަކީ ކޮބައިތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް މިނިސްޓަރު ހައިދަރު އެ ދުވަހެއް ސާފުކޮށް ވިދާޅެއް ނުވިއެވެ. ވިދާޅުވީ ލިސްޓް އާއްމުކުރާނީ ހަފްތާ ފެށޭ ދުވަހުގެ ކުރީ ދުވަހުކަމަށެވެ.
ކުރިން ސަރުކާރުން ބުނީ ފްލެޓް ލިސްޓްުތައް އަލުން އިވެލުއޭޓްލުރުމަށްފަހު މިދިޔަ މަސް ނިންމުމުގެ ކުރިން ލިސްޓު އިއުލާންކުރާނެކަމަށެވެ. ސަބަބެއްކަމަށް ބުނީ 4000 ފްލެޓްފެ ލިސްޓް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ މަސައްކަތް ނިންމާލަން އަދި ވަގުތު ބޭނުންވާތީކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރާ 4،000 ފްލެޓަށް 20،697 ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ.
ހައުސިން މިނިސްޓްރިން ބުނީ 4000 ފްލެޓް ދިނުމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓް ހައުސިން އެޑްވައިޒަރީ ކޮމެޓީންނާއި އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި ހައުސިން ކޮންސަލްޓެޓިވް ކޮމެޓީން ބެލިކަމަށާއި އެ ދެކޮމެޓީއަށްވެސް ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނަކަމަށެވެ. އެހެންކަމުން މި ސްކީމްގެ ދަށުން ހުށައަޅާފައިވާ ހުރިހާ ފޯމެއް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށިކަމަށް ހައުސިން އިން ވަނީ ބުނެފައެވެ.