ހަވަނަ ކެރަމް ވޯލްޑްކަޕް ކުރިއަށްދަނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ފްރެންސިސްކޯ ބޭ އޭރިއާގައެވެ. އެމެރިކާގެ ކެރަމް އެސޯސިއޭޝަން (ޔޫއެސްސީއޭ)ގެ އިސްނެގުމުގެ މަތީން، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގުޅިގެން މިމަހުގެ 17 ގެ ނިޔަލަށް ކުރިޔަށްދާ މުބާރާތުގެ ސެމީ ފައިނަލުގައި ދިވެހި އަންހެން ޓީމުވެސް ފިރިހެން ޓީމުވެސް ބައްދަލުކުރާނީ ސްރީ ލަންކާއާއެވެ.
ގައުމީ ޓީމުން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ މުބާރާތަކީ ރާއްޖޭގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި ފިރިހެން ޓީމުން ރިހި މެޑެލް ހޯދިއިރު އަންހެން ޓީމުން ވަނީ ލޯ މެޑެލް ހޯދާފައެވެ. އަދި ޑަބަލްސް އިވެންޓްގައި ރާއްޖޭގެ އަޒްމީން އާއި ނާޒިމްގެ ޕެއާ ވެސް ރިހި މެޑަލް ހޯދިއެވެ.