ads
ރާއްޖޭގެ ޓޫރިޒަމްގެ ދެ ބާނީން ކަމަށްވާ އެމްޔޫ މަނިކު (ކ) އާއި ޗަމްޕާ ހުސައިން އަފީފު
ޑޮލަރު މާރުނުކުރޭވެނެކަމަށް ޔުނިވާސަލުންވެސް ބުނެފި
ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫންކަމަށް، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލުންވެސް މަރުކަޒީ ބޭންކަށް އަންގައިފިއެވެ.
Advertisement

ޔުނިވާސަލުން ރާއްޖޭގައި 8 ރިސޯޓް ހިންގަމުން އާދެއެވެ. އެ ރިސޯޓްތަކުން މިއަދު ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގައި ބުނީ ޑޮލަރު މާރުކުރަން އަންގާ ގަވާއިދު ހަދާފައި އޮތީ ޓޫރިޒަމް އިންޑަސްޓްރީއާ މަޝްވަރާކުރުމެއް ނެތި، ރިސޯޓް ހިންގާ މީހުންނަށް އިންސާފުވެރިކޮށް ނޫންކަމަށެވެ. 

ޔުނިވާސަލުން ހިންގާ ރިސޯޓްތައް 

  • ކުރުނބާ މޯލްޑިވްސް
  • ވެލައްސަރު މޯލްޑިވްސް
  • ބަރޮސް މޯލްޑިވްސް
  • ހުވަފެންފުށި މޯލްޑިވްސް
  • ކުރަމަތި މޯލްޑިވްސް
  • މިލައިދޫ މޯލްޑިވްސް
  • ދިގަލި މޯލްޑިވްސް 

ޔުނިވާސަލުން ގަވަރުނަރު މުނައްވަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ކަނޑައަޅާފައި ވަނީ ރޫމް ރޭޓާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު އަދި ގެސްޓުން އަންނަނީ ދަރިން ގޮވައިގެންކަން ނުވަތަ ނޫންކަންވެސް ބެލުމެއްނެތިކަމަށެވެ. އަދި ރިސޯޓުތަކުން ކުރާ ހަރަދުގެ 90 އިންސައްތައަކީ  ޑޮލަރުން ކުރާ ހޭދަ ކަމަށް ވާއިރު، ގަވައިދު ހެދުމުގައި އެކަމަށްވެސް ސަރުކާރުން ބަލާފައި ނުވާކަމަށް ޔުނިވާސަލްގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. 

މީގެއިތުރުން 250 ޑޮލަރަށް ވިއްކާ ރޫމެއްގައި ހަތަރު ރޭ ތިބޭ ޓޫރިސްޓުންގެ އަތުން ލިބޭ 1000 ޑޮލަރުގެ އާމްދަނީ އަށް ބަލައި 200 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ނުހެދޭނެކަމަށްވެސް ޔުނިވާސަލުން ވަނީ ބުނެފައެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އެއްފަރާތް ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވަނީ ޑޮލަރު ގަވައިދަށް އަމަލުކުރަން އިއުއތިރާޒުކުރާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފޮނުއްވި ސިޓީ އަކުން އަންގާފައެވެ. 

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ޖެހޭ ގަވައިދު އެމްއެމްއޭއިން އަމަލުކުރަން ފެށީ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ފުރުސަތު ދިނީ އޮކްޓީބަރު 30ގެ ނިޔަލަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް