މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުން ބުނީ މިމަހުގެ 7 ވަނަ ދުވަހު ހިޔާ ފްލެޓްގައި ރަހީނުކުރި މީހާއަށް އަނިޔާކުރި މީހުން ތެރޭ އެޕާޓްމަންޓް ވެރިފަރާތްވެސް ހިމެނޭކަމަށެވެ. އަދި އެ ހިޔާ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އެކަމުގައި ޝާމިލްވީ 12 މީހުންވެސް ހައްޔަރު ކުރިކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން ރަހީނުކުރި މީހާ ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށާއި އޭނާ ސަލާމަތްކޮށް ރައްކާތެރި ހިސާބަކަށް ގެންގޮސް ކައުންސިލިން ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
12 މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ މި އެންމެންގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެންމެނަށްވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހާދީފައިވާކަމަށެވެ.
މި މީހުން މި މީހާ ރަހީނުކޮށްގެން ގެންގުޅުނީ ހިޔާ އެޗް 9އެއްގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައެވެ.
އެޕާޓްމެންޓުގެ ވެރިފަރާތުގެ އިތުރުން ދެން އެތަނުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ:
އަލްމަން އަލީ ހާލިދު، 22، ގދ.ވާދޫ/ވެހި
މުހައްމަދު އިޒްކާން، 18، މ. ހަތިކަނޑު
އިޒާން އަހުމަދު، 18، ޒުނައިޓްވިލާ/ކ. ގުރައިދޫ
އަހުމަދު ޒާހިދު، 36، ދަންމަރު/ ށ.ފޯކައިދޫ
އިބްރާހީމް ނަޝީދު، 34، ހިޔާލީގުލްޝަން/ލ.އިސްދޫ
އަހުމަދު ސަމީހު، 22، ނައިޓްސްޓާ/ބ.ގޮއިދޫ
އިސްމާއީލް ވިޝާމް މުހައްމަދު، 29، ވ. ގާމާ
ވިޝާމް މުހައްމަދު، 23، ޗިޗަންޑާގެ/ގދ.ވާދޫ
ވިސާން މުހައްމަދު، ހިޔާ 03-17-14/ހުޅުމާލެ
މުޝްތާގު ޝާކިރު، 37، ޖަނަވަރީގެ/ގދ.ވާދޫ
ހަސަން ގާލިބު، 38، އާރެސް/މ.ކޮޅުފުށި
ފުލުހުން ބުނިގޮތުގައި މި އެޕާޓްމެންޓަކީ މީގެ ކުރިން ވެސް މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުގައި ފުލުހުން ފާސްކުރި ތަނެކެވެ.