ޕޮލިސްގެ އާ ލީޑާޝިޕްއާއެކު ކުރަމުންއަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައ ނާހިދު ވިދާޅުވީ މާލޭގެ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 48 ތަނެއް ވާނީ ބަންދުކޮށްފައި ކަަމަށް ނާހިދު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މުއާމަލާތްތައް މަާލޭގައި އާންމުކޮށް ހިގާ ކަަމަށް ފާހަގަކުރެވޭ ތަންތަނުގައި ސްޓެޓިކް ޑިއުޓީ ކުރަމުން ދާކަމަށްވެސް ނާހިދު ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗަށް ދެވި ހިފައިފައިވާ ފަރާތްތަކާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ނިޔަތުގައި ސަލާން ޖަހާ ފަރާތްތަކާއި، ތަކުރާރުކޮށް ހަރަކާތްތެރިވާ ފަރާތްތައް ފަރުވާގެ ނިޒާމަށް ވެއްދުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރެވެމުން ދާކަަމަށް ނާހިދު ވިދާޅުވިއެވެ. އެގޮތުން އެންޑީއޭއަށް ފަރުވާއަށް ވެެއްދުމަށްޓަކައި 49 ފަރާތެއް ފުލުހުންނާ މިހާރު ވަާނީ ހަވާލުކޮށްފައި ކަމަށް ނާހިދު ވިދާޅުވިއެވެ.
އާ ލީޑާޝިޕްގެ ދަށުން ކުރެވުނު އިތުރު މަސައްކަތްތައް:
މީގެ އިތުރުން ބަނގުރަލުގެ ވަގު ވިޔަފާރި ހުއްޓުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ސަފާރީތަަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ނާހިދު ވިދާޅުވިއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ، ކަސްޓަމްސް އަދި ފުލުހުން ހިމެނޭގޮތަށް އިނސްޕެކްޝަންސްތައް ބާއްވާ މިހާތަަނަށް 57 ސަފާރިއެއް ބަލާ ފާސްކޮށްފައިވާނެ ކަަމަށް ޑްރަގް އެންފޯސްމަންޓްގެ ހެޑް ވިދާޅުވި އެވެ.