ads
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
ސަރުކާރަށް ގެއްލުންވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަންޖެހޭ
ސަރުކާރު ހިއްސާވާ ގެއްލުމުގައި އޮތް ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތައް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުޑަކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް އެމްއެމްއޭ މިއަދުވަނީ ހާޒިރުކޮށްފަ އެވެ. 

ކޮމިޓީގައި މިއަދު ވާހަކަދައްކަމުން މުނައްވަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރިފޯމްގެ ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ބައެއް ކަމަށާއި އެގޮތުން ފާއިތުވި 10 އަހަރުތެރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެގެން ގޮސްފައިވާ ކަމަށެވެ. 

"ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެބަހުރި ހަމަ މުއައްސަސާތައް އެބަހުރި ސަރުކާރުން ފައިސާ ޕަމްޕުކުރާ ސެލަރީ ދެއްވާ ތަންތަން އެތަންތަނުގެ މުސާރަތައް މިއީ ވަރަށް މުހިންމު ކަމެކޭ އަޅުގަނޑު ދަންނަވާނީ ރިވިއު ކުރަން މުރާޖައާ ކުރުން،"މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވަނީ ސަރުކާރުން އެ ފަރާތްތަކަށް މުސާރަ ދޭނަމަ އެ މުސާރައަކީ ސިވިލްސާވަންޓުންގެ މުސާރައާ އެއްވަރު މުސާރައެއް ނުވަތަ އެއަށްވުރެ ދަށް މުސާރައަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން ވަނީ ބައެއް ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށައިފަ އެވެ. އަދި ސަރުކާރު ބައެއް ވެރިންގެ މުސާރައާ ގުޅޭ ގޮތުން ބައެއް ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ނިންމަވައި އިއުލާނު ކުރައްވައިފަ އެވެ.

އެގޮތުން ނިންމަވާފައި ވަނީ:

 1. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.

 2. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)

 3. މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

 4. މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށްވާއިރު އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށް ބަޖެޓުގައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މިއަހަރު ބަޖެޓަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 55 ބިލިއަނަށް އަރާފަ އެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް