އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އިން ބުނީ ފިލްމުގެ ޕްރިމިއާ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ކަމަށެވެ. އަދި ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ވައިބަ މެދުވެރިކޮށް 7242555 ނަންބަރާ ގުޅުމަށް އެ ކުންފުނިން އެދެއެވެ.
އެންސީއޭ އިން އޮލިމްޕަސް ސިނަމާ އަތުލީ "އޮލިމްޕިއަންސް ވިތް ޔޫތް- ލައިވް އިން ކޮންސާޓް" ބޭއްވުމަށް ޓަކައި އެވެ. އެހެންނަމަވެސް އެ ވަގުތު އޮލިމްޕަސް ސިނަމާގައި "ދޭދަރު ރުއިން" ފިލްމުގެ ޕްރިމިއާ ޝޯ ބޭއްވުމަށް އަހަރެއްހާ ދުވަސް ކުރިން ބުކް ކޮށްފައިވާ ކަމަށް އައި ފިލްމްސް އިން ބުނެފައިވެ އެވެ.
އައި ފިލްމްސް އިން ބުނީ މި މައްސަލަ ހައްލުކުރުމުގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އާއި ފިލްމީ އާޓިސްޓުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަން ލިބުނު ކަމަށެވެ.