ads
އއ. ރަސްދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިޔާތު
ހަވާލުކުރިތާ އަހަރެއް ފަހުން ރަސްދޫ 50 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅައިފި
ރަސްދޫގައި 50 ހައުސިން ޔުނިޓް ހެދުމަށް މިދިޔަ ސަރުކާރުން ހަވާލުކުރި މަޝްރޫއުގެ ބިންގާ މިއަދު އަޅައިފިއެވެ.
Advertisement

މި ހައުސިން ޔުނިޓްތައް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިދިޔަ ސަރުކާރުން ހަވާލުކުރީ ރިޔާސީ އިންތިހާބަށް ވޯޓްލާން ވިއްސަކަށް ދުވަހަށްވެފައި އޮއްވައެވެ. އޭގެ ފަހުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން މިއަދު މިވަނީ އެ 50 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައެވެ. 

އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވާ ދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަހްމަދެވެ.

ހައުސިން ޔުނިޓްގެ ބިންގާ އަޅާފައިމިވަނީ މ ސަރުކާރުން މި މަޝްރޫއަށް ބަދަލެއް ގެނައުމަށްފަހުއެވެ. އެގޮތުން ރަށުގެ ދެ ސަރަހައްދެއްގައި ކުރިން އަޅަން ނިންމާފައި އޮތް ހައުސިން ޔުނިޓްތައް މިހާރު އަޅާނީ އެއް ސަރަހައްދެއްގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ރަސްދޫ 50 ހައުސިން ޔުނިޓާއި ގުޅޭ މުހިއްމު މައުލޫމާތުތައް

  • ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ.
  • ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ
  • ޔުނިޓުތައް ވަށައިގެން އަލިކުރެވިގެންދާނެ
  • ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމުކުރާނެ 

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް އެސްޖޭ ހަވާލުކޮށްފައިވަނީ 84.2 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. މިނިސްޓްރީން ބުނީ މި މަޝްރޫއަށް ހަރަދުކުރަނީ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް