ހިޔާ ފްލެޓްތަކުގެ ތެރެއިން އެޗް 9އެއްގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގައި މިމީހާ ރަހީނުކޮށްގެން ގެންގުޅުނީ 12 މީހުންގެ ގުރޫޕަކުންނެވެ. އޭގެތެރޭގައި އެތަނުގެ ވެރިފަރާތްވެސް ހިމެނޭކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އެ އެޕާޓްމަންޓްގެ ދޮރު ވައްޓާލައިގެން ވަދެ ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ސަލާމަތްކުރީ އެމީހާގެ ބޯބާލށާ އޭނާގެ އިނގިއްޔެއް ބުރިކޮށްލަން ތައްޔާރުވަމުން ދަނިކޮށްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައި ހުރި މީހާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިކަމަށެވެ. އެހެންކަމުން އޭނާ ރައްކާތެރި ތަނަކަށް ގެންގޮސް ކައުންސިލިން ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި އެންމެންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.