ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެފަހު އިވެންޓް ކަމަށްވާ ބަނޑުފިލާ ޗެލެންޖުގެ ފައިނަލުގައި ވާދަކޮށް، މި އަހަރުގެ ބޮޑީބޯޑިން ލީގުގެ އައްޑަނަ ޖާއްޓޭ ހޯދީ މިފަހަރުގެ މުބާރާތުގެ ކޮންމެ ކެޓަގަރީއެއްގެ ފައިނަލަށް އޭނާ ދަތުރުކޮށް ހޯދާފައިވާ ޕޮއިންޓުތަކަށް ބެލުމަށްފަހު އެވެ.
މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަނަކީ އެންމެ 16 އަހަރުގެ އިޔަން އަހުމަދެވެ. އޭނާ ފައިނަލުގައި ވާދަކުރީ ޖާވިދުއާ ދެކޮޅަށެވެ. ބޮޑީބޯޑިން ލީގުގެ އެންމެ ފުރަތަމަ ބޭއްވި ބުރުނު ޝިކާރުގެ ފިރިހެން އޯޕަން ޗެމްޕިއަނަކީ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ.
ޖާއްޓޭ ވަނީ ތިން މުބާރާތުގެވެސް ފައިނަލުގައި ވާދަކޮށް ލީގު ހޯދީ ކުޑަ އައްޔައާ ކުޑަ ތަފާތަކުންނެވެ. ބަނޑުފިލާ ޗެލެންޖުގެ ކުއާޓާ އިން ކުޑަ އައްޔަ ކެޓުމާއެކު ޖާވިދުއަށް ވަނީ ލީގު ޔަގީންވެފައެވެ.