ކޮލިފައިން އެއް ވަނައިގައި އޮތް އާޖެންޓީނާ ރޭ ބަލިވީ، ކުރިން ލަނޑެއް ޖަހާފައި އޮއްވާ ފަހަތުން އަރަރި ޕެރަގުއޭއިން ޖެހި ދެ ލަނޑުންނެވެ. ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ ލަޓައުރޯ މާޓީނޭޒްއެވެ. މެޗުގެ 19 ވަނަ މިނިޓްގައި، އެންޓޯނިއޯ ސަނާބްރިއާ ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. ޕެރަގުއޭ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފު ކުޅުން ފެށިގެން ދެ ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އަލްޑެރޭޓޭ ފެނާންޑޭޒް އެވެ.
މިއީ، މި ފަހަރުގެ ކޮލިފައިންގައި އާޖެންޓީނާ އިން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ހަތް ވަނަ މެޗެވެ. އެކަމަކު އާޖެންޓީނާ އޮތީ އެއްވަނައިގައެވެ. ދެ ވަނައިގައި އޮތް ކޮލަމްބިއާ އޮތް އިރު ތިންވަނައިގަ އޮތީ ބްރެޒިލްއެވެ.