ރާއްޖޭގައި އެންމެ ރަނގަޅަށް ބެޑްމިންޓަން ހިންގަމުން އަންނަ، ރިވައިވަލް ސްޕޯޓްސްގެ ފަރާތުން ނިބާލް އަހުމަދު އާއި ޒަޔާން ޒަކީ އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ޒެމްބިއާ މުބާރާތުގައި އަންނަނީ ކުޅެމުންނެވެ.
މާދަމާ ކުޅޭ ކުއާޓާ ފައިނަލްތައް
ފިރިހެން ޑަބަލަސް: ނިބާލް އަދި ޒަޔާން ކުޅޭނީ އަޒްރަބައިޖާންގެ ޕެއާއަކާ ދެކޮޅަށް
އަންހެން ޑަބަލްސް: ނަބާހާ އަދި ނަބީހާ ކުޅޭނީ ޒެމްބިއާގެ ޕެއާއަކާ ދެކޮޅަށް
މިކްސްޑް ޑަބަލްސް: ނިބާލް އަދި ނަބީހާ ކުޅޭނީ އަޒްރަބައިޖާންގެ ޕެއާއަކާ ދެކޮޅަށް
މިކްސްޑް ޑަބަލްސް: ޒަޔާން އަދި ނަބާހާ ކުޅޭނީ ޒެމްބިއާގެ ޕެއާއަކާ ދެކޮޅަށް
އަންހެން ސިންގްސް: ނަބާހާ ޒެމްބިއާގެ ކުޅުންތެރިއަކާ ދެކޮޅަށް
އަންހެން ސިންގްސް: ނަބީހާ ޒެމްބިއާ ނުވަތަ އަޒްރަބައިޖާން ކުޅުންތެރިއަކާ ދެކޮޅަށް
ރިވައިވަލް އިން އެންމެ ފަހުން، މިދިޔަ މަހު ވާދަކުރި ޔޫގާންޑާ މުބާރާތަށް ރިވައިވަލްއާ ގުޅުނު ނަބީހާ އާއި ނަބާހާ ވަނީ އެ މުބާރާތުގެ އަންހެން ޑަބަލްސް އިން ލޯ މެޑަލް ހޯދައިފަ އެވެ. މިހާރު ހިނގަމުންދާ ޒެމްބިއާ މުބާރާތަށް ފަހު ރިވައިވަލްގެ ކުޅުންތެރިން ބޮޓްސްވާނާގައި އޮންނަ މުބާރާތަކަށްވެސް ދާނެއެވެ.