ކެރަމް ވޯލްޑްކަޕް ކުރިއަށްދަނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ފްރެންސިސްކޯ ބޭ އޭރިއާގައެވެ. އެމެރިކާގެ ކެރަމް އެސޯސިއޭޝަން (ޔޫއެސްސީއޭ) ގެ އިސްނެގުމުގެ މަތިން، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) އާ ގުޅިގެން ބާއްވާ މި މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމު ލޯ މެޑެލް ހޯދީ ސިންގަޕޫރު ބަލިކުރުމަށްފަހުއެވެ.
މި މުބާރާތުން އަންހެން ޓީމު ލޯ މެޑެލް ހޯދީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާ ބަލިކުރުމަށްފަހުއެވެ.
ކެރަމް ވޯލްޑް ކަޕުގައި ވާދަކޮށް ދިވެހި ޓީމުން ލޯ މެޑެލް ހޯދިއިރު، މިދިޔަ އޭޕްރީލް މަހު މާލޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުންވެސް އަންހެން ޓީމު ވަނީ ލޯ މެޑެލް ހޯދާފައެވެ. އަދި އެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ ރިހި މެޑެލް ހޯދާފައެވެ.