މިއަދު ބޭއްވުނު ހާއްސަ ރަސްމިޔާތެއްގައި ހުޅުމާލޭ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.
މި ރަސްމިޔާތުގައި ވާހަަކަދައްކަވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލް ރައްޒާގް ހަލީމް ވަނީ އެ ހޮސްޕިޓަލްގައި އަލަށް ގާއިމްކުރެވުނު ހިދުމަތްތަކުގެ ތަފްސީލެއް ހިއްސާކުރައްވާފައެވެ. އެގޮތުން އަލަށް ގާއިމްކުރެވުނު 10 އެނދުގެ އައިސީޔޫ އަކީ ހާއްސަ ފަރުވާ ދެވޭނެ މަރުކަޒެއް ކަަމަށާއި މީގެ ސަބަބުން ކްރިޓިކަލް ކެއާ، ކްރިޓިކަލް ކޮންޑިޝަންގައި ތިބޭ ބަލިމީހުންނަށް ވަގުތުން ފަރުވާދެވި ފުރާނައަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަ ކުރެވޭނެ ކަަމަށް ހަލީމް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ހަލުބޮޑުވާ ހާލަތްތަކުގައި ކުރިން އެހެން ހޮސްޕިޓަލްތަކަށް ރިފާ ކުރަން ޖެހޭ ރިފާ ކުރުން ތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
އަލަށް ގާއިމްކުރެވުނު 14 އެނދުގެ އެންއައިސީޔޫގައި ނިއޯނޭޓަލް ވެންޓިލޭޓަ ތަކާއި، އިނކިއުބޭޓާ ތަކާއި، ފޮޓޯ ތެރަޕީ ޔުނިޓްތައް ހުންނާނެކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ އެތަނަކީ ވަގުތުން އަޅާލުން ބޭނުންނާ ނާޒުކު ހާލަތުގައި ތިބޭ ތުއްތު ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިއްމު އިންތިޒާމެއް ކަަމަށެވެ. އަދި އައިސީޔޫއާއި އެންއައިސީޔޫ އެ ހޮސްޕިޓަލްގައި ގާއިމްކުރުމުން އައިޖީއެމްއެޗް ހޮސްޕިޓަލަށް މިހާރު އަންނަމުންދާ ލޯޑުވެސް އެތަށް ގުނައަކަށް ކުޑަވެގެން ދާނެކަމަށް ސީއީއޯ ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން މުޅިން އާ ސްޓެރައިލް ސާވިސް ޑިޕާޓްމަންޓް ސީއެސްއެސްޑީ އެއްވެސް މިހާރު ހުޅުމާލޭ ހޮސްޕިޓަލްގައި ހުންނާނެއެވެ. އެގޮތުން އެތަނަކީ މެޑިކަލް އާލާތްތައް ބައިނަލްއަގްވާމީ ފެންވަރަށް ،އެ ސްޓޭންޑާޑްތަކާ އެއްގޮތްވާގޮތަށް ޖަރާސީމު ނައްތާލާ އިންފެކްޝަންތައް ކޮންޓްރޯލްކޮށް ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ މުހިއްމު ޑިޕާޓްމަންޓެއް ކަން ހަލީމް ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްގެ ތަރައްގީއާއެކު މާލޭ ސިޓީ ގްރޫޕް އޮޕް ހޮސްޕިޓަލްތަކުގަިއ އިލެކްޓިވް ސާޖަރީތައް ހެދުމަށް ތިއޭޓާ ނުލިބިގެން ދިމާވާ ލަސްތަކަށް ނިމުމެއް އަންނާނެކަން ކަަމަށާއި މި ތިއޭޓާތައް ބޭނުން ކުރުމުގައި ދަރުމަވަންތަ ހޮސްޕިޓަލާ، އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުނާ ގުޅިގެން މަސައްކަތްކުރެވޭނެ ގާއިމްކުރެވިފައި ވާނެކަމަށް ހަލީމް ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ އިއާރު ގައި މިހާރު ހުންނަނީ 7 އެނދުކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އީއާރު ބޮޑުކޮށް ވަސީލަތްތައް އިތުރުކޮށް 14 އެނދުގެ އީއާރު އަކަށް ބަދަލުކުރުމުގެ މަޝްރޫއެއް މިހަފްތާތެރޭގައި ފަށިގެންދަނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
އޭގެއިތުރުން މިވަގުތު ޑައަލިސިސް ހެދުމަށް ބޭނުް ކުރަނީ 10 އެނދު ކަމަށާއި، 24 ގަޑީރު ހިދުމަަތް ދޭއިރުވެސް ވެއިޓް ލިސްޓް ވަަރަށް ދިގު ކަމުން ދަތތަކަކާއި ކުރމަތިލާން ޖެހިފައިވާކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ރައީސް ގެ ލަފާފުޅުގެ ދަށުން މިއަހަރު ޑަޔަލިސިސް ދެވޭ ކެޕޭސިޓީއެއް މި ހޮސްޕިޓަލްގައި އިތުރު ކުރުމަށް ހާއްސަ މަޝްރޫއެއް މިއަހަރު ފަށާނެ ކަމަށާއި އަންނަ އަހަރު ކުރީކޮޅު 10 އެދުން 30 އެނދަށް އިތުރުކުރެވިގެން ދާނެ ކަމުގެ ޔަގީންކަން ވެސް ހަލީމް ދެއްވި އެވެ.